އެމެރިކާގެ މަނަވަރަކަށް އީރާނުން ހަމަލާދީފި

އެމެރިކާގެ މަނަވަރަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ)އާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާ ކަނޑުގައި އީރާނުގެ ބޯޑަރާ އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި އޮތް މަނަވަރަށް ހަމަލާ ދިނީ "ގަދަރް-380″ އަދި "ތަލާއިހް" މަރުކާގެ މިސައިލް ބޭނުންކޮށްގެންނެވެ.

"ގަދަރު" މިސައިލަކީ 2،000 ކިލޯމީޓަރުގެ ރޭންޖެއް ހުންނަ އަމާޒަށް ބަލައި ވަރަށް ހަލުވިކަމާއެކު ފޮނުވާލެވޭ މެދު ރޭންޖުގެ ބެލިސްޓިކް މިސައިލެކެވެ. "ތަލާއިހް" އަކީ 1،000 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ "ސްމާޓް" ކްރޫޒް މިސައިލެކެވެ.

އައިއާރުޖީސީ އިން ހާމަކުރި ގޮތުގައި މި ހަމަލާ އަމާޒުކުރި މަނަވަރު އޮތީ އީރާނުގެ ބޯޑަރާ 600 ކިލޯމީޓަރަށްވުރެ ދުރުގަ އެވެ.

މި ހަމަލާ ދިން ވަގުތަކީ އެމެރިކާގެ ތެޔޮ ޓޭންކަރަކުން އެ މަނަވަރަށް ތެޔޮ އަޅަމުންދިޔަ ވަގުތު ކަމަށާއި މި ހަމަލާގެ ސަބަބުން ދެ އުޅަނދުގައި ރޯވި ކަމަށް އައިއާރުޖީސީއާ ހަވާލާދީ އީރާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *