އެމެރިކާގެ އަސްކަރިއްޔާއިން ފައްތާލި އީރާނުގެ މަނަވަރުން 87 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ސްރީލަންކާގެ ނޭވީއިން ބުނެފި އެވެ.
މަސްދަރުތަކާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުން އީރާނުގެ ބޯޓު ފައްތާލީ ލަންކާގެ ދެކުނުގައި އޮންނަ ގާލީއާ 75 ކިލޯމީޓަރު ދުރުންނެވެ.
ލަންކާ ނޭވީގެ ތަރުޖަމާނު ވިދާޅުވީ ލަންކާ ސިފައިންނަށް އެ ސަރަހައްދަށް ދެވުނުއިރު މަނަވަރުގެ އެއްވެސް ނިޝާނެއް ނެތް ކަމަށާއި ފެންނަން ހުރީ ކަނޑަށް ބޭރުވެފައިވާ ތެލާއި ލައިފް ރާފްޓްގެ އިތުރުން ކަނޑުމަތީ އޮޔާދިޔަ މީހުން ކަމަށެވެ.
ލަންކާގެ ފޮރިން މިނިސްޓަރު ޕާލިމެންޓްގައި ވިދާޅުީ އީރާނުގެ މަނަވަރުގައި 180 މީހުން ތިބި ކަމަށް ބެލެވޭ ކަމަށާއި 32 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އީރާނުގެ މަނަވަރު ފައްތާލީ ޓޯޕިޑޯއަކުން ދިން ހަމަލާއެއްގައި ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.




