އިޒްރޭލުގެ ހަމަލާތަކާއެކު ލުބުނާންގެ ރައްޔިތުން ގައުމު ދޫކުރަނީ

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ލުބުނާންގެ ރައްޔިތުން އެ ގައުމު ދޫކޮށްދާން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލުބުނާންގެ ރައްޔިތުން ދަނީ އަރީދާ ބޯޑަރު ހުރަސްކޮށް ސީރިއާއަށް ވަންނަމުންނެވެ. ސީރިއާ އާއި ލުބުނާން ގުޅައިދޭ ފާލަންތަކަށް 2024 ވަނަ އަހަރު އިޒްރޭލުން ދިން ހަމަލާތަކުގައި ބޭނުންނުކުރެވޭ ވަރަށް ވަނީ ސުންނާފަތިކޮށްލާފަ އެވެ.

ސީރިއާގެ ވެރިކަން ބަދަލުވުމަށްފަހު ފާލަމުގެ ބައެއް ބައިތައް މަރާމާތުކުރަން މަސައްކަތް ކުރި ނަމަވެސް މި ފަހުން އެ ސަރަހައްދަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ މަރާމާތުކުރި ބައިތައް ވަނީ އަނެއްކާވެސް ހަލާކުވެފަ އެވެ.

މިއީ ލުބުނާނުގެ އުތުރުން ސީރިއާ ބޯޑަރާ ގުޅޭ އެންމެ ދުރު ހިސާބެވެ. އަދި މިއީ ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް މީހުންނަށް ދެވޭނެ އެންމެ އަމާން އެއް ސަރަހައްދު ކަމުގައި ބެލެވެ އެވެ.

ހިޒްބުﷲ ގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކަށް ކަމަށް ބުނެ އިޒްރޭލުން ދަނީ ލުބުނާނަން ހަމަލާ ދެމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުން ވަނީ ލުބުނާނަށް ކެމިކަލް ހަތިޔާރެއް ކަމަށްވާ ވައިޓް ފޮސްފަރަސް ބޭނުންކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *