ރިޔާސީ ދައުރު ދިގެއް ނުކުރާނަން: ރައީސް

ރިޔާސީ ދައުރު ދިގުދަންމާލުމުގެ ވިސްނުމެއް ނެތް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނަގާ ވޯޓާ ގުޅޭގޮތުން ޒުވާނުންނާއެކު މިރޭ ބޭއްވި ހަރަކާތެއްގައި ރައީސް ވިދާޅުވީ ރިޔާސީ ދައުރު ދިގުދަންމާލުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ. ހިޔާލު ހޯދުމުގެ ވޯޓުގައިވެސް ރިޔާސީ ދައުރާ ގުޅޭ ކަމެއް ނޯންނާނެ ކަމުގައި ވިދާޅުވި އެވެ.

"މިއަކު ނާދޭ ރިޔާސީ އިންތިހާބު ދިގުކުރާ ވާހަކައެއް، ކުރު ކުރާ ވާހަކައެއް. އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން. ނުވެސް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެކަމަކު ރިޔާސީ ދައުރު ދިގުދަންމާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމުން ދައުލަތުން ކުރާ ހަރަދުތަކެއް ކުޑަކުރެވި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދަމުންދާ ދާ ދިއުމަށް ނިމުން އަންނާނެ ކަމަށެވެ.

ދެ އިންތިހާބު އެއް ދުވަހު ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ގެންދަނީ ދެކޮޅު ހަދައި އެކަމަށް ކެމްޕޭން ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *