ސައުދީގެ ރާނީއެއް އަވަހާރަވުމުން ރައީސް މުޢިއްޒުގެ ތައުރިޔާ

ސައުދީ އަރަބިއްޔާގެ ޕްރިންސެސްއެއް އަަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

އަވާހަރަވީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދު އެވެ.

އެހެންވެ އެކަމަނާ އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުޢޫދުގެ ހެޔޮ ހަނދާންތަކުން، އެ އުނދަގޫ ދަނޑިވަޅުގައި އާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެން  މަރްޙޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުންއެދި ހެޔޮ ދުޢާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން ތައުޒިޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ފުރާނަފުޅަށް ހެޔޮ ރަހްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރައްވަމުންނެވެ.

އަދި ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެންވެސް ދުއާ ދަންނަވަމުން ނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *