އެމެރިކާއިން ހަނގުރާމައަށް ވަދެ، އީރާނަށް ބޮން އަޅައިފި

އެމެރިކާގެ މަތިންދާ ބޯޓުތަކުން އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް ބޮން އަޅައިފިއެވެ.

ޓްރަމްޕް ބުނީ އީރާންގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދީފައިވާ ކަމަށެވެ. ހަމަލާދިނީ ފޯޑޯ، ނަތަންޒް، އެސްފަހަންގައި ހުރި ނިއުކްލިއާ ސައިޓުތަކަށް ކަމަށާއި އެ ހަމަލާ ކާމިޔާބު ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ ހުރިހާ މަތިންދާ ބޯޓެއް ވެސް މިހާރު އީރާންގެ ވައިގެ ސަރަހައްދުން ނުކުމެފައިވާ ކަމަށާއި އެއްވެސް މަތިންދާ ބޯޓަކަށް ގެއްލުމެއް ނުވާ ކަމަށެވެ. ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް އަޅާފައިވަނީ ވަރަށް ވަރުގަދަ ބޮމެއް ކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.

”މިއީ އެހެން އަސްކަރީ ބަޔަކަށް ކުރެވޭނެ ކަމެއް ނޫން. މިއީ ސުލްހަވާންވީ ވަގުތު،“ އެމެރިކާގެ އަސްކަރިއްޔާއަށް ތައުރީފްކޮށް ޓްރަމްޕް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *