އިޒުރޭލުން މުޅި ޣައްޒާ ހިފާނެ ކަމަށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ހަވާލާދީ، އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ޣައްޒާގައި ޔަހޫދީން ބޭނުން ގޮތަކަށް ޖަރީމާތައް ހިންގައި އަސްކަރީ ހަރަކާތްތައް ހިންގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްދަދެއްވާފައިވާ ކަމަށް ވެސް އެ ގައުުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުން، އަސްކަރީ ހަރަކާތްތަކާ އެކު އިޒުރޭލު ސިފައިން މުޅި ޣައްޒާއަށް ފެތުރިގަންނާނެ އެވެ. އަދި ހަމާސްއަށް ތާއީދުކޮށް ވާހަކަދައްކާ ނަމަ އެ މީހަކު ހިފައި ހައްޔަރުކުރާނެ އެވެ.
އިޒުރޭލުން ބޭނުންވާ ގޮތަށް ކުޅިބައި އޮތީ އަތުރާލެވިފައި ކަަމަށް ނަތަންޔާހޫއާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.
ޔަހޫދީންނަށް ރައްކާތެރި ތައުލަތެއް ގާއިމުކުރުމަށް އިޒުރޭލު ކުރާ މަސައްކަތްތަކަށް އެމެރިކާޣެ މަދަދާއި އެހީތެރިކަން ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުން ހަމާސްގެ އަތްދަށުގައި ތިބި އަސީޜުންނަށް ބެލުމެއް ދެން ނޯންނާނެ އެވެ. އަސީރުން ހައްޔަރުކޮށްފައި ތިބި ތަންތަން ކަމަށް ބެލެވޭ ހުރިހާ ހިސާބެއްގައި އަސްކަރީ ހަރަކާތްތައް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒުރޭލުގެ ޗެނަލް 12 އިން ޚަބަރުދޭ ގޮތުން، އެ ގައުމުގެ ސިފައިން މި ފަހަރު ޣައްޒާއަށް އަރާނީ ދޭތިން އެކައްޗަށެވެ. އަސީރުން މިނިވަންކުރުން ނުވަތަ އަތުޖެހުނުހާ ބަޔަކު ހިފައި ހައްޔަރުކުރުމެވެ.
ޔަހޫދީން ޣައްޒާގައި މިހާރު ހިންގަމުންދާ ޖަރީމާތަކަށް އެމެރިކާގެ ގާއީދު ވަރަށް ބޮޑެވެ. އެމެރިކާ ސަރުކާރުގެ ހިފެހެއްޓުމެއް ނެތް ތާއީދާ އެކު، ނަތަންޔާހޫ ވިދާޅުވި ގޮތުން، މުޅި ޣައްޒާ މިފަހަރު ސާފުކުރާނެ އެވެ. އަދި ވައިރަސް ފިލުވައި، ހަމާސްގެ ޖާހިލުކަމުން މުޅި ޣައްޒާ ސަލާމަތްކުރާނެ އެވެ.




