އިރާނުގައި މުޒާހަރާކުރާ މީހުން ސަލާމަތްކުރުމަށް އެމެރިކާއިން ނުކުންނަން ނިންމައިފި

އިރާނުގައި މުޒާހަރާކުރާ މީހުން ސަލާމަތްކުރުމަށް އެމެރިކާއިން ނުކުންނަން ނިންމައިފިއެވެ.

 

އިރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް އާންމުން ކުރަމުން އަންނަ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި ބައެއް މީހުން މަރުވެފައިވާއިރު އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް ނުކުންނާނެ ކަމަށް އިންޒާރު ދީފައެވެ.

 

އިރާނަށް އިންޒާރު ދެމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުގެ ސަރުކާރުން އެގައުމުގައި މުޒާހަރާ ކުރާ ފަރާތްތައް މެރުން ހުއްޓާލުމަށް ގޮވާލައްވައިފައެވެ. އެހެން ނޫންނަމަ މުޒާހަރާކުރާ ފަރާތްތައް ހިމާޔަތްކުރުމަށް އެމެރިކާއިން ނުކުންނާނެ ކަމަށް ޓަރަމްޕް ވަނީ ވިދާޅުވެފައެވެ.

 

ޓްރަމްޕްގެ އިންޒާރާއެކު އިރާނުގެ ސުޕްރިމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ސީނިއާ އެޑްވައިޒަރު ވަނީ ޓްރަމްޕްގެ ސަރުކާރުން އިރާނާ ދެކޮޅަށް ތެދުވުމުގައި ސަމާލު ވުމަށް ގޮވާލައްވައިފައެވެ. އެގޮތުން އެމެރިކާއިން ނުކުމެއްޖެ ނަމަ މުޅި މެދުއިރުމަތި ހަމަނުޖެހުމަކަށް ވެއްޓިގެން ދާނެ ކަމަށް އިރާނުން ވަނީ އިންޒާރުދީފައެވެ.

 

އިރާނުގެ އާންމުން އެގައުމުގެ މަގުތަކަށް ނުކުމެ ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ އިރާނުގެ ސަލާމަތީ ބާރުތަކާއި މުޒާހަރާ ކުރާ ފަރާތްތަކާ މެދު ކުރިމަތިލުން ހިނގައި މިހާތަނަށް އަށް މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *