އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި 2,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ހާމަކޮށްފި އެވެ.
އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
އެމެރިކާގެ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ އިން ބުނީ އީރާނުގައި އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައި އޮތް ނަމަވެސް ވޭތުވެދިޔަ 17 ދުވަހުގެ ތެރޭގައި މުޒާހަރާގެ 1،850 ބައިވެރިންނާއި ސަރުކާރާ ގުޅުންހުރި 135 މީހުންގެ އިތުރުން މުޒާހަރާގައި ބައިވެރިނުވާ އާންމުންވެސް މަރުވެފައިވާ ކަމަށެވެ.
އީރާނުގެ އޮފިޝަލަކު ވިދާޅުވީ މަރުވި މީހުންގެ އަދަދު 2,000 އަށް އަރާފައިވާ ކަމަށާއި މިކަމުގެ ޒިންމާ އުފުލަންޖެހޭނީ "ޓެރަރިސްޓުން" ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މުޒާހަރާގައި މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރު ނުވާ ކަމަށެވެ. މިކަމުގައި އީރާނުން ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެ މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ޓްރަމްޕް ވަނީ ހިތްވަރު ދެއްވާފަ އެވެ.




