އީރާންގެ ހަމަލާތަކާއެކު އިޒްރޭލަކަށް ނުނިދޭ

އީރާނާއި ލުބުނާނުން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އެތައް މިލިއަން މީހުންނަށް ރޭގަނޑު ނުނިދޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލު މީހުން ރޭގަނޑުގެ ބޮޑުބައި ހޭދަކުރީ ނިދިން މަހުރޫމްވެ، ރައްކާތެރިކަމުގެ ހިޔާވަހިތަކަށް ދިއުމުގަ އެވެ. ބައެއް ފަހަރު ހަމަލާތަކުން ސަލާމަތްވުމަށްޓަކައި އެ މީހުންނަށް ރައްކާތެރި ހިޔާވަހިތަކަށް ވަދެވުނީ ހަމަ ކިރިޔާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނުން މެދުނުކެނޑި ދެމުންދާ މިސައިލް ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ރޭޑާ ސިސްޓަމްތަކަށް ވަނީ ބުރޫ އަރާފަ އެވެ. މީގެ ސަބަބުން، މިސައިލްތައް ފޮނުވާލުމުގެ ކުރިން އިންޒާރު ދިނުމުގެ ގާބިލުކަން ކުޑަވެ، އީރާނުން މިސައިލް ފޮނުވާލާ ވަގުތު ދެނެގަތުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

އީރާނުން ރޭ ހަ މިސައިލް ފޮނުވާލިއިރު ލުބުނާނުން އަންނަ ހަމަލާތަކާއެކު އިޒްރޭލުގައި މެދުނުކެނޑި އިންޒާރުގެ ރަނގަބީލު ދިޔައީ އަޅަމުންނެވެ. މިއާއެކު އިޒްރޭލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު ގައުމުގެ އެތެރޭގެ ސަރަހައްދުތަކަށް ފޯރި ޑްރޯންތައްވެސް ހިމެނެ އެވެ.

އީރާނުން މިހާރު ފޮނުވާލާ އާ ވައްތަރުގެ މިސައިލްތަކުގެ ނުރައްކަލާ ބެހޭ ގޮތުން އިޒްރޭލުން ދަނީ އިންޒާރު ދެމުންނެވެ. ހާއްސަކޮށް މިސައިލް ގޮވާއިރު އެތައް ބަޔަކަށް ބެހިގެންދާ ފަދަ "ފްރެގްމެންޓެޑް ވޯހެޑް" ނުވަތަ ކުދި ބައިތަކަށް ބެހިގެންދާ ގޮވާތަކެތި ހިމެނޭ މިސައިލްތަކުގެ ނުރައްކާ ބޮޑެވެ.

މީގެ އިތުރުން، ހިޒްބުالله އިން ދުރު ރާސްތާގެ އާ މިސައިލެއް އުފައްދާފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *