ތެޔޮ އެތެރެކުރަން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހަރަދު ކުރި: ތޯރިގު

ތެޔޮ އެތެރެކުރުމަށް މިދިޔަ އަހަރު އެކަނިވެސް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ތެޔޮ އެތެރެކުރުމަށް ޖީޑީޕީގެ 10 އިންސައްތަ ހަރަދުވި ކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ފޯރުކޮށް ދިނުމަށް ދުވާލަކު 7،965 ފީފާ ޑީސަލް ބޭނުންވާ ކަމަށާއި އަހަރަކަށް 2.9 މިލިއަން ފީފާ ޑީސަލް ބޭނުންވާ ކަމަށެވެ.

ޖަނަރޭޝަން ކެޕޭސިޓީ މިންވަރު
މީހުން ދިރިއުޅޭ ރަށްތައް – 310 މެގަވޮޓް
ރިސޯޓުތައް – 298 މެގަވޮޓް
އިންޑަސްޓްރިއަލް – 30 މެގަވޮޓް

މިނިސްޓަރު ތޯރިގު ވިދާޅުވީ ރިސޯޓުތަކަށްވެސް އަހަރަކަށް ގާތްގަނޑަކަށް 2.9 މިލިއަން ފީފާ ޑީސަލް ހަރަދުވާ ކަމަށެވެ.

ތޯރިގު ވިދާޅުވީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *