މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި ފާއިތުވި މަސް ދުވަސް ތެރޭގައި އިޒްރޭލުން އީރާނަށް 16،000 އެއްހާ ބޮން އަޅައިފި އެވެ.
އިޒްރޭލުން ބުނީ އީރާނަށް ހަމަލާދިނުމަށް ވައިގެ މަގުން 800 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި މި އޮޕަރޭޝަންތަކުގައި 16،000 އެއްހާ ގޮވާތަކެތި ބޭނުންކުރި ކަމަށެވެ.
މި ހަމަލާތަކުގައި 2،000 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު 4،000 އަށްވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.
އީރާނުން ބުނާ ގޮތުގައި އިޒްރޭލު ހަމަލާތަކުގައި 240 އަންހެނުންނާއި 212 ކުޑަކުދިން ވަނީ މަރާލާފަ އެވެ.
އިޒްރޭލުން ދަނީ އާންމުންނަށް އަމާޒުކޮށް ގަސްދުގައި ހަމަލާދީ ހަނގުރާމައިގެ ޖަރީމާތައް ހިނގަމުންނެވެ. އެގޮތުން އީރާނުގެ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް އިޒްރޭލުން ވަނީ ގަސްދުގައި ހަމަލާދީފަ އެވެ.




