ދެ އިންތިހާބު އެއް ދުވަހު ބޭއްވުމުން ސުޕަ މެޖޯރިޓީ ނުލިބޭނެ: ރައީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ގައުމު އިސްކުރުމުގެ މަގުސަދުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ދޫކޮށްލުމަށް ބޭނުންވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ — ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ދެ ދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ މަޖިލިސް ސުޕަ މެޖޯރިޓީ ހޯދުން ދަތިވާނެ ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޕީއެންސީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮއްވާ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާތީ އެމަނިކުފާނުގެ ޕާޓީގެ ތެރެއިންވެސް ސުވާލުތައް ކުރިމަތިވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އިސްކުރީ ގައުމު. ގައުމު އިސްކޮށްގެން އަޅުގަނޑުމެން މިއަދާ ހަމައަށްވެސް މިއައީ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން އިސްކުރާނީ އިސްކުރާނީ އަމިއްލަ މަންފާއަށް ކަންކަން ކުރުމުގެ ބަދަލުގައި ގައުމުގެ މަސްލަހަތާއި ގައުމަށް ރަނގަޅު ގޮތް ކަމަށެވެ. އެހެންވެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ ގައުމުގެ މުސްތަގުބަލަށްޓަކައި އަދި ދިމިގްރާތީ އުސޫލުތައް ހަރުދަނާ ކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ނައްތާލުމަށްޓަކައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށްދެއްވުމަށެވެ.

ރައީސް ވިދާޅުވީ ކުރިމަތީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮއްވާ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ދެ އިންތިހާބު ދޫކޮށްލުމަށްފަހު، ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނަގާ އާންމު ވޯޓު ކާމިޔާބު ކުރުމަށް ކަމަށެވެ. އެއީ އެ ބޭފުޅުން ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ނޭދޭތީ އުޅޭ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

މިޖަލްސާގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ޕީއެންސީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނަގާ ވޯޓު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *