ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އިޓަލީގެ ހަތަރު އެއާޕޯޓަކުން މަތިންދާބޯޓުތަކަށް ތެޔޮ އެޅުން ކޮންޓްރޯލްކޮށްފި އެވެ.
މި އެއާޕޯޓްތަކުގެ ތެރޭގައި ހިމެނެނީ މިލާން ލިނާޓޭ، ވެނިސް މާކޯ ޕޯލޯ، ބޮލޯނިއާ އަދި ޓްރެވިސޯ އެއާޕޯޓެވެ.
އެ ގައުމުގައި ތެޔޮ ފޯރުކޮށްދޭ މައިގަނޑު އެއް ކުންފުނި ކަމަށްވާ "އެއާ ބީޕީ އިޓަލިއާ" އިން ވަނީ މިކަމާ ގުޅޭގޮތުން އެއާލައިންތަކަށް މައުލޫމާތު ދީ، އެންގުމެއް ނެރެފަ އެވެ.
މަތިންދާބޯޓުތަކަށް ތެޔޮ އެޅުން ކޮންޓްރޯލްކުރި ނަމަވެސް އެއާ އެމްބިއުލާންސް ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ޒަރޫރީ ހިދުމަތްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިޓަލީން ބުނެފައިވެ އެވެ.




