ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެއްޖެ

ހަނގުރާމަ ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެމެރިކާ އާއި އީރާނުން އެއްބަސްވެއްޖެ އެވެ.

ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައި މި ވަނީ އީރާން ސުންނާފަތިކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަޑި ހަމަވާން އިރުކޮޅަކަށްވެފައި ވަނިކޮށެވެ.

މި އެއްބަސްވުމުގެ ދަށުން ހޮރުމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން ހުޅުވާލުމަށް އީރާނުން ވަނީ އެއްބަސްވެފަ އެވެ.

ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާއެކު ގައުމުތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އަދި އީރާންގައި އާންމުން އަންނަނީ އުފާފާޅުކުރަމުންނެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާ ދޭން ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

މި ހަމަލާތަކުގައި އީރާންގެ އިސްވެރިން ވަނީ އަވަހާރަކޮށްލާފަ އެވެ. މީގެ އިތުރުން އީރާނުގެ ހޮސްޕިޓަލްތަކަށާއި ސްކޫލުތަކަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފައިވެ އެވެ.

ރައްދުގައި އީރާނުން ވަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއްދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *