މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ކޯލް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފައްޓައިފި އެވެ.
މި ކޯލް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި ހިދުމަތް ގާއިމްކުރުމާއެކު މިނިސްޓްރީގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެ ކަމަށާއި މިގޮތުން ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް މިނަންބަރަށް ގުޅާ ހިދުމަތް ހޯދޭނެ ކަމަށާއި އޭގެ އިތުރުން ބަންދުގަޑިތަކުގައިވެސް ޚިދުމަތް ހޯދުމަށް މި ނަމްބަރު ބޭނުން ކުރެވޭނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.




