ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި މާރަމާރީއަކާ ގުޅިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
މާރާމާރީ ހިންގާފައިވަނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ރޭ 8:30 ހާއިރު އެވެ.
ފުލުހުން ބުނީ މައްސަލައިގައި 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




