ހުޅުމާލެ މާރުކޭޓުން 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ރެއިޑްތަކުގެ ތެރެއިން އިއްޔެ ރެއިޑް ކުރިއަށް ގެންދިޔައީ ރަށު މަރުކޭޓުގައެވެ.

މިރެއިޑްގައި ވަނީ 55 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި 2024 ވަނަ އަހަރުގެ މެއި މަހު ވަނީ "ކުރަނގި" ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.

މިއޮޕަރޭޝަންގެ ދަށުން މިހާތަނަށް ވަނީ 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓުކޮށްފަ އެވެ. އަދި މިވެރިކަމުގައި މިއަހަރުގެ ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 12،552 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *