ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަޒަކިސްތާނާއެކު އެއްބަސްވުމެއް

ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަޒަކިސްތާނާއެކު އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކުރީ ހޯމްލޭންޑް މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު އެވެ.

އަދި ކަޒަކިސްތާނުގެ ކަޒަކިސްތާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކަޒަކިސްތާނުގެ މިނިސްޓާ އޮފް ޑިޖިޓަލް ޑިވެލޮޕްމަންޓް، އިނޮވޭޝަން އެންޑް އެރޯސްޕޭސް އިންޑަސްޓްރީ ޒަސްލާން މަޑިޔޭވް އެވެ.

އެހެން ނަމަވެސް އެ އެއްބަސްވުމާ ގުޅޭ އެއްވެސް ތަފްސީލެއް ހޯމް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ކަޒަކިސްތާނާއެކު އެއްބަސްވުމެއްގައި ސޮއިކުރި އިރު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ފުލުހުންގެ ހިދުމަތުން ދާދި ފަހުން ވަނީ ފުލުހުންގެ ކެޕޭސިޓީ މިހާރަށް ވުރެ އެތައް ގުނައެއް އިތުރުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

އެގޮތުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުށެއް ކުރުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ގާބިލްކަން ފުލުހުންނަށް ލައިދޭން ޖެހޭ ކަމަށާއި މިމަގަށް ކަންކަންވެގެން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *