މެޑިކަލް މާފިއާ އިން ބޭސް ކޮންޓްރޯލް ކުރިޔަ ނުދޭނަން: ރައީސް

އާއްމުކޮށް ބޭނުންކުރަން ޖެހޭ ބޭސްތައް އަންނަމަހުގެ 15އިން ފެށިގެން ދަތިކަމެއް ނެތި އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ރައްޔިތުންނާއި ބައްދަލުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭސް ލިބުން ދަތިވީ ބޭސް ވިއްކާ ފަރާތްތަކުން ނަގަމުންދިޔަ ބޮޑު ފައިދާ ހުއްޓުވާ އެސްޓީއޯގެ ރޭޓުން ބޭސް ވިއްކަން މަސައްކަތް ކުރުމުން އެ ފަރާތަކުން ބޭސް ގެނައުމުގައި ދަތިތައް ކުރިމަތިކުރުމުންކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބޭސް ވިއްކާ އެތައް ބަޔަކު ދިޔައީ 1000 އިންސައްތަ 2000 އިންސައްތައިގެ ފައިދާ ލާ ރައްޔިތުން ޓެކްސް ފައިސާ އާސަންދަ ތެރެއިން ނަގަމުންކަމަށެވެ. ސަރުކާރުން އެކަން ހުއްޓުވަމް މަސައްކަތް ކުރުމުން ބޭސް ވިއްކާ މީހުން ދަތިކުރީކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“ 1000 ، 2000 ޕަސެންޓް. ޕްރޮފިޓް. އެއީ ބޮޑު އިސްރާފެކޭ. އެހެންވީމާ އަޅުގަނޑުމެން އެކަން ހައްލުކުރީ. ޕްރައިސް ކަޓް ޑައުންކުރީ. އެސްޓީއޯގެ ރޭޓަށް ތިރިކުރީ. ތިރިކުރީމާ މި ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތުކުރަބް ފެށީމާ ބޭސް މަދުވީ. މީ ދިމާވި މައްސަލައަކީ.“ ބޭސް ލިބުން ދަތިވި ސަބަބުކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވިއެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *