މަޑުލު ވަހީދުގެ ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމި ހުންނާނެ: ރައީސް

މިއަދު އަވަހާރަވި ދިވެހި އަދަބިއްޔާތައް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުހައްމަދު ވަހީދުގެ ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމި ހުންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޑުލު މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި އާއިލާއަށް ތައުޒިޔާ ވިދާޅުވެ ވިދާޅުވީ މަޑުލު މުހައްމަދު ވަހީދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މަޑުލު ވަހީދަކީ ދިވެހިބަހުގެ އަދީބެއްގެ އިތުރުން ރާއްޖޭގެ ފަހުގެ ތާރީހު ދުށް ކުޅަދާނަ ލިޔުންތެރިއެއް ކަމަށެވެ.

"ތަރުޖަމާކުރުންތެރިއެކެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ހިދުމަތްތެރިއެކެވެ. ލިޔުންތެރިކަމަށް ހިދުމަތްކުރުމުގެ ރޮނގުން 1985ވަނަ އަހަަރު އާންމު ހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ." ރައިސް ވިދާޅުވި އެވެ.

އެހެންކަމުން މަޑުލު ވަހީދު ބައި ގަރުނަށް ވުރެ ދިގު މުއްދަތެއްގައި ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

މަޑުލު ވަހީދު ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް ހާސިލު ކުރައްވާފައިވެއެވެ. އަދި ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައިވާ އިރު ގިނަ ދަރިވަރުންތަކަކަށް އެރޮނގުން ކިޔަވައިދެއްވާފައި ވެސް ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *