ހިޔާ ޓަވަރުތައް ކައިރީގައި ތިން ބުރީގެ މިސްކިތެއް އަންނަ މަހު ހުޅުވަން ނިންމައިފި

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރަމުން އަންނަ ތިން ބުރީގެ ދާއިމީ މިސްކިތް އަންނަ މަހު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގައި އިމާރާތްކުރަން ފެށި ތިން ބުރީގެ އެ މިސްކިތް އަޅަނީ ހިޔާ ޓަވަރުތައް ކައިރީގައި އަމިއްލަ ފަރާތަކުންނެވެ.

އެ މިސްކިތުގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވާނެ އެވެ. އަދި މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހާ މިސްކިތެއް ނިމުމަކަށް ގެނައުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ހިޔާ ސަރަަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު އެ ސަރަހައްދަށް އެކަށީގެންވާ ވަރަށް މިސްކިތް ނެތް ކަމުގެ ޝަކުވާ ބޮޑެވެ. އަދި އެތަނުގައި އިމާރާތްކުރަމުން އަންނަ މިސްކިތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ވެސް ބޮޑެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *