އިސްރާއީލަށް އިރާނުން ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ އާދަޔާ ހިލާފު މިސައިލްތަކެއް ކަމަށް އިސްރާއީލުގެ ބައެއް އޮފިޝަލުން ބުނެފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ހޯމް ފްރަންޓް ކޮމާންޑާ ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން މިއަދު އިސްރާއީލަށް ފޮނުވާލި 20 ބެލިސްޓިކް މިސައިލްގެ ތެރެއިން މަދުވެގެން އެއް މިސައިލުގައި "ކްލަސްޓާ ބޮމް ވޯހެޑެއް" ހިމެނެއެވެ.
މި ވޯހެޑްތަކުގައި އިތުރު ކުދި ކުދި ބޮންތައް ހިމެނޭ ކަމަށާއި މިއީ ވަރަަށް ނުރައްކާތެރި ހަތިޔާރެއް ކަމަށް އިސްރާއީލުން ވަނީ ބުނެފައި އެވެ.
މިއަދުގެ ހަމަލާގައި ބޭނުންކުރި ކަމަށްބުނާ މި މިސައިލްގެ ސަބަބުން އިސްރާއީލުގެ އަޒޯރުއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އީރާނުގައި މަލްޓިޕްލް އިންޑިޕެންޑެންޓް ޓާގެޓެބަލް ރީއެންޓްރީ ވެހިކަލްސް (އެމްއައިއާރުވީ ބެލިސްޓިކް މިސައިލާއި ސަބްމިއުނިޝަން ހިމެނޭ އެހެނިހެން ޕްރޮޖެކްޓަލްތައް އެބަހުރި ކަމަށާއި އޭގެ ސަބަބުން އެއް މިސައިލަށް ގިނަ އަމާޒުތަކަށް ހަމަލާ ދެވޭނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިސަބަބާއި ގހެދި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ވެއްޓިފައި އޮންނަ މިސައިލްތައް ކައިރިއަށް އާންމުން ނުދިޔުމަށް އިލްތިމާސްވެސްކޮށްފައެވެ.




