އަޔަންޑޯމް ފޫގޮސް, އީރާނުގެ މިސައިލްތައް ހުއްޓުވޭނެ ގޮތެއް ނެތި އިސްރާއީލް ގޮތް ހުސްވެއްޖެ

އަޔަންޑޯމް ސިސްޓަމް ފޫއަޅުވާލުމަށް ފަހު، އިރާނުން އިޒްރޭލްގެ އެއާޕޯޓަށާއި އަސްކަރީ މުހިންމު މަރުކަޒުތަކަށް ރޭ ހަމަލާ ދީދި އެވެ.

އިރާނުގެ އެންމެ މަތީ އަސްކަރީ ގޮފި، ރިވޮލިއުޝަނަރީ ގާޑުގެ ފައުޖުން ރޭ ފޮނުވާލި މިސައިލް ހަމަލާތައް ހުއްޓުވުމުގައި އިޒްރޭލްގެ އަޔަންޑޯމް އަށް ކާމިޔާބެއް ނުވި އެވެ.

"…ރޭ ފޮނުވާލި ހަމަލާތަކުގައި [އިޒްރޭލްގައި ހުރި] ޓެކްނޮލޮޖޯގެ ގޮތުން އެންމެ ކުރިއަރާފައިވާ ދިފާއީ ނިޒާމުތަކަށް ވެސް އެ ޑްރޯން ހަމަލާތައް ހުއްޓުވިފައި ނުވާކަން ފާހަގަ ކުރަން،" އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނުގައި ބުންޏެވެ.

"ޒަޔަނިސްޓް ދައުލަތުން ގަދަކަމުން ވެރިވެގަނެ ހިފާފަފައިވާ ރަށްތަކުގެ މުހިންމު ސްޓްރެޓެޖިކް މަރުކަޒުތަކަށް އިސްލާމިކް ރޮވޮލިއުޝަނަރީ ގާޑުން ވަނީ ހަމަލާ ދީފައި. ތެލްއަވީވްގެ އެއާޕޯޓާއި ޒަޔަނިސްޓް ވެރިކަމުގެ އަސްކަރީ މުހިންމު މަރުކަޒުތަކަށް ޑްރޯން އާއި މިސައިލްތަކުން ހަމަލާ ދީފައި ވާނެ."

އިރާނުން ރޭ ފޮނުވައިލީ އެ ގައުމުން އަމިއްލަ އަށް ފަރުމާކޮށް، އުފައްދާފައިވާ "ޝަހީދު-136″ ގެ ނަން ދީފައިވާ ޑްރޯންތަކެކެވެ. އޭގެ ފަހުން ތަކުރާރުކޮށް ފޮނުވާލި މިސައިލްތަކުން ވެސް އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ.

އިރާނުން ހަމަލާތައް އަމާޒުކުރާ އިޒްރޭލްގެ ތިން ސިޓީއަކީ ތެލްއަވީވާއި ހައިފާގެ އިތުރުން ބީރްޝެބާ އެވެ. އެ ތިން ރަށަކީ އަސްކަރީ ގޮތުން އިޒްރޭލްގެ އެންމެ ސްޓްރެޓެޖިކް މަރުކަޒުތައް ހުރި ތިން ސިޓީ އެވެ.

ރޭގެ ހަމަލާތަކަކީ ތެލްއަވީވަށް އަމާޒުކޮށް އިރާނުން މިހާތަނަށް ފޮނުވާލި އެންމެ ވަރުގަދަ ހަމަލާތަކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *