ހަނގުރާމަ ދެން މި ފެށުނީ: ހޫތީން

އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން، ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫތީ ހަނގުރާމަވެރިން ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ.

ހޫތީ ޖަމާޢަތުގެ މެންބަރެއް ކަމަށްވާ މުޙައްމަދު އަލް-ފަރަޙް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަޤްޞަދަކީ ހަނގުރާމަ ނިންމުން ނޫން ކަމަށެވެ.

އަދި އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާއިން ބޮންއެޅުމަކީ ނުބައި ނިންމުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

“ނިއުކްލިއަރ ފެސިލިޓީއެއް ތަޅާލުމަކީ ހަނގުރާމައެއްގެ ނިމުމެއް ނޫނެވެ. އެއީ ހަމައެކަނި ފެށުމެވެ،” ހޫތީ އޮފިޝަލް ވިދާޅުވިއެވެ.

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ، އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު މީގެ ކުޑައިރުކޮޅެއް ކުރިން ހޫތީ ހަނގުރާމަވެރިން ވަނީ ދީފައެވެ.
ކުރީގައިވެސް ހޫތީ ހަނގުރާމަވެރިން ވަނީ ރަތު ކަނޑުން ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އިސްރާއީލާ ގުޅުންހުރި އަދި އެ ޤައުމަށް އެހީތެރިވާ އުޅަނދުފަހަރަށް ހަމަލާދީފައެވެ.

މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ މަތިންދާބޯޓު އުފުލާ އަސްކަރީ ބާރުތައް މެދުއިރުމައްޗަށް ފޮނުވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *