ލިވަޕޫލްގެ ތަރި ޑިއޯގޯ ޖޯޓާ މަރުވެއްޖެ

ލިވަޕޫލްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ޑިއޯގޯ ޖޯޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ޑިއޯގޯ ޖޯޓާ އުމުރުން 28 އަހަރުގައި ސްޕެއިންގައި ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓެއްގައި ނިޔާވެއްޖެ ކަމަށް ޕޯޗުގަލް އަދި ސްޕެެއިންގެ މީޑިއާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޯޓާ ދަތުރުކުރަމުން ދިޔައީ އޭނާގެ ކޮއްކޮ، އުމުރުން 26 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އަންޑްރޭއާ އެކު އެވެ.

މި ހާދިސާ ހިނގާފައިވަނީ ސްޕެއިންގެ ޒަމޯރާ ޕްރޮވިންސްގައި އޮންނަ އޭ-52 ނަމްބަރު މަގުމަތިން، އެ ދެ ބެއިން ދަތުރުކުރަމުން ދިޔަ ކާރު މަގުން ކައްސާލައިގެންނެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައި މިވަނީ ޖޯޓާ އޭނާގެ ލޯބިވެރިޔާ ރޫޓް ކާޑޯސޯއާ، ޕޯޓޯގައި ކައިވެނިކުރިތާ އެންމެ ދެ ހަފްތާ ފަހުންނެވެ.

ޖޯޓާގެ ކުއްލި މަރާއެކު ފުޓްބޯޅަ ދުނިޔެއަށް ބޮޑު ޝޮކެއް ލިބިފައިވާއިރު، އޭނާގެ ކުލަބު ލިވަޕޫލްގެ ސަޕޯޓަރުންނާއި، ޕޯޗުގަލްގެ ގައުމީ ޓީމުގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ހިތާމައެއް ލިބިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *