ޕޫޓިން ވަރަށް މަދުން ނޫނީ އަރާމެއް ނުކުރައްވާ: ތަރުޖަމާން

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަކީ ރަސްމީ ސިފައެއްގައި، ޗުއްޓީ ނަންގަވައި އަރާމުކުރައްވާ ލީޑަރެއް ނޫން ކަމަށް ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ

ތަރުޖަމާން ވިދާޅުވި ގޮތުން ޕޫޓިން އަކީ ކަޝްރަތުކުރައްވައި މަޖާކުރައްވަން ލޯބިކުރައްވާ ލީޑަރެކެވެ. ނަމަވެސް، ޒިންމާތައް އިތުރުވެ، މަޝްވަރާތައް ގިނަވުވުމުގެ ސަބަބުން، ރަޝިއާގެ ރައީސަކަށް އޮންނަ ރަސްމީ ޗުއްޓީތައް ވެސް ޕޫޓިން ބޭނުނުމެއް ނުކުރައްވަ އެވެ.

ދޭތެރެ ދޭތެރެއިން ކުރު ޗުއްޓީއެއް ނެންގެވި ނަމަވެސް، ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން، ޕޫޓިން ގިނަ ވަގުތު ހޭދަކުރައްވަނީ އޮފީހުގައި، ރަސްމީ މަސައްކަތްތަކުގަ އެވެ.

ތަރުޖަމާން މި މޭރުމުން ވާހަކަދެއްކެވީ ނޫސްވެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބެއްގަ އެވެ.

ޕޫޓިން އަކީ އާދަކޮށް ޖިމަށް ވަޑައިގެން އަދި އެކި ކުޅިވަރުތަކުގައި ކޮންމެވެސް ވަރަކަށް ހަރަކާތްތްތެރިވާ ލީޑަރެއް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ނަމަވެސް، ޔުކްރޭން ހަނގުރާމައާ ގުޅިގެން، ކުޅިވަރުތަކުގައި ޕޫޓިން ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ވަރަށް މަދުން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެމެރިކާއާ ޔޫރަޕުން ރަޝިއާއަށް ދަތިކޮށްފައި އޮތްއިރު އަދި އެމެރިކާއާ ރަޝިއާއާ ދެމެދު ޚިޔާލުތަފާތުވެ ހަނގުރާމައަކަށް މަގުފަހިވަމުން އަންނައިރު ޕޫޓިން ކަހަލަ ބޮޑު ގައުމެއްގެ ލީޑަރަކު ޗުއްޓީ ނަންގަވާނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު ވެސް އުފައްދަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *