ޔޫކްރޭން ހަނގުރާމަ ނިންމުމާ ގުޅޭގުތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ވާރްސިކް ސަމިޓުގައި ތިއަންޖިންގައި ވާހަކަ ދައްކަވަމުން ޕޫޓިން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ސުލްހައިގެ މަޝްވަރާތަކަށް އެއްބަސްވާނެ ކަމުގެ ޔަގީން ކަމެއް އަދި ނެތެވެ.
ރަޝިއާ އިން ވަނީ ހަނގުރާމަ ދިގުދެމިގެންދާނަމަ ޒިންމާ ނަގަންޖެހޭނީ ހުޅަނގުން ކަމަށް ބުނެފަ އެވެ. ޗައިނާގައި ބޭއްވި ސަމިޓުގައި ވާހަކަ ދައްކަވަމުން ޕުޓިން ވެސް ވަނީ ޔޫކްރޭނަށް އަރައިގަތުމަށް ނިންމި ނިންމުން ދިފާއުކުރައްވާފަ އެވެ. ޕުޓިންވެސް ވަނީ ހަނގުރާމައިގެ ޒިންމާ ނަގަންޖެހޭނީ ހުޅަނގުން ކަމަށް ވިދާޅުވެފަ އެވެ.
ޔޫކްރޭނާއި ރަޝިއާގެ ހަނގުރާމަ ދިގުލައިގެން ގޮސް ދެ ގައުމުންވެސް ދަނީ އެއްގައުމުން އަނެއް ގައުމަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފަ އެވެ.
ޕުޓިން ވަނީ ޗައިނާ އާއި އިންޑިއާގެ ލީޑަރުން ދެއްވި އެއްބާރުލުމާއި "ޔުކްރޭންގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކޮށްދިނުމަށް" ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.




