ނޭޕާލްގެ ވަގުތީ ބޮޑުވަޒީރަކަށް އަންހެނެއް

ނޭޕާލްގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށް ސުޝިލާ ކާކީ އައްޔަންކޮށްފި އެވެ.

ނޭޕާލްގެ ވަގުތީ ބޮޑުވަޒީރަކަށް ސުޝިލާ އައްޔަންކުރީ އެ ގައުމުގެ ރައީސް ރާމް ޗަންދްރާ ޕައުޑެލް އާއި އަސްކަރިއްޔާގެ އިސްވެރިޔާ އަޝޮކް ރާޖް ސިގްޑެލްގެ އިތުރުން ނޭޕާލްގައި މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ޒުވާނުންގެ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އެވެ.

ނޭޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ އަކީ އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.

ނޭޕާލްގައި ވަރުގަދަ މުޒާހަރާތަކެއްކޮށް ވެރިކަން ވައްޓާލީ އެގައުމުގައި ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމާއި ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް އިތުރުވުމުންނެވެ.

މުޒާހަރާތައް ހޫނުވެ ދައުލަތުގެ އެތައް އިމާރާތެއްގައި ހުޅުޖައި އަންދާލުމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ މިދިޔަ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މުޒާހަރާތަކާ ގުޅިގެން 19 މީހަކުވެސް މަރުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *