މުޒާހަރާތަކުގައި ޒަހަމްވާ މީހުންނާއެކު އީރާނުގެ ހޮސްޕިޓަލްތަކަށް ނުކަތާވަރުވެއްޖެ

އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ޒަހަމްވާ މީހުންނާއެކު އެ ގައުމުގެ ހޮސްޕިޓަލްތަކަށް ނުކަތާވަރުވެއްޖެ އެވެ.

އީރާނުގެ ބައެއް ހޮސްޕިޓަލްތަކުން ބުނީ މުޒާހަރާތަކުގައި ޒަހަމްވެފައިވާ މީހުންނާއި މަރުވާ މީހުންނާއެކު ހޮސްޕިޓަލްތަކަށް ނުކަތާވަރު ވެފައިވާ ކަމަށެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާގެ ބައެއް ބައިވެރިންގެ ބޮލަށާއި ހިތަށް އަމާޒުކޮށް ވަނީ ބަޑި ޖަހާފަ އެވެ. އަދި އީރާނުގެ ވެރިރަށުގައި ހުންނަ ލޮލުގެ ހާއްސަ ހޮސްޕިޓަލެއް މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ލައިވް ވަޒަންގެ އިތުރުން ދޫނި ހިފަން ބޭނުންކުރާ ޒާތުގެ ވަޒަން (ޕެލެޓް) ބޭނުންކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން މަރާނަމަ އަސްކަރީ ރައްދު ދެވޭނެ ކަމަށް ބުނާ ބުނުން އެމެރިކާއިން ހުކުރު ދުވަހު ވަނީ ތަކުރާރުކޮށްފަ އެވެ.

އީރާނުން ބުނާ ގޮތުގައި އެ ގައުމުގައި މިހާރު ހިނގާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ އަޑީގައި އޮތީ އެމެރިކާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *