އެމެރިކާއިން އީރާން "ޓެސްޓް" ކުރަން ބޭނުންނަމަ ހަނގުރާމައަކަށް ތައްޔާރަށް އޮތް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
އައްބާސް އަރަގްޗީ މިހެން ވިދާޅުވީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް ރައްދު ދެއްވަމުންނެވެ.
އީރާންގެ މަސްރަހު ނުތަނަވަސްވެފައިވީ ނަމަވެސް އެމެރިކާއާއެކު މުއާމަލާތްކުރާނެ މަގުތައް ހުޅުވިފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ހުރިހާ ހާލަތަކަށް އީރާން އޮތީ ތައްޔާރަށް ކަމަށާއި މިދިޔަ އަހަރު ކުރި 12 ދުވަހުގެ ހަނގުރާމައާ އަޅާބަލާއިރު އެ ގައުމުގެ އަސްކަރީ ގާބިލުކަން މާ ބޮޑަށްވެސް ފުޅާކޮށްފައިވާ ކަމަށެވެ.
އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާއިރު އެ މުޒާހަރާތަކުގެ އަޑީގައި އޮތީ އެމެރިކާ ކަމަށް އީރާނުން ބުނެފައިވެ އެވެ.




