މި އަހަރުގެ ދިރާގު 3އޮން3 ޗެލެންޖު ބާސްކެޓް މުބާރާތަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
މި ފޯރިގަދަ މުބާރާތް މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 1 އިން 7އަށް ސޯޝަލް ސެންޓަރު އައުޓްޑޯ ކޯޓުގަ އެވެ.
ޓައިޓަންސް ބާސްކެޓް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ ބާސްކެޓް ބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
އެ ގޮތުން މިދިޔަ އަހަރު މި މަގުބޫލު މުބާރާތުގައި 103 ޓީމަކުން ޖުމްލަ 408 ކުޅުންތެރިން ވަނީ ފެނިގެންގޮސްފަ އެވެ.
ދިރާގުން ބުނި ގޮތުގައި މި އަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
އެކެޑެމީ ކެޓެގަރީ
8 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
10 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
12 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
އޯޕެން ކެޓެގަރީ
14 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
16 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
18 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
ފިރިހެން ޑިވިޝަން 1
ފިރިހެން ޑިވިޝަން 2
އަންހެން ޑިވިޝަން
ބެލެނިވެރިން – ފިރިހެން
ބެލެނިވެރިން – އަންހެން
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން އޮންލައިންކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.




