އީރާނުގެ މިސައިލްތަކާއި ކަނޑުގެ ސިފައިން ނައްތާލާނަން: އެމެރިކާ

އީރާނުގެ މިސައިލްތަކާއި ކަނޑުގެ ސިފައިން ނައްތާލާނެ ކަމަށް އެމެރިކާގެ ޑިފެންސް ޗީފް ޕީޓް ހެގްސެތް ވިދާޅުވެއްޖެ އެވެ.

ޕީޓް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެމެރިކާގެ އަސްކަރީ ބާރުތައް ފުރިހަމައަށް ބޭނުންކުރާނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ދިން ހަމަލާތަކަށް ކެތް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާނުގެ މިސައިލްތަކާއި މިސައިލް އުފައްދާ މަރުކަޒުތަކާއި އީރާނުގެ ކަނޑުގެ ސިފައިން މުޅި ބަލިކޮށް ނައްތާލާނެ ކަމަށެވެ.

މި ހަމަނުޖެހުން ފެށީ އެމެރިކާއިން ނޫން ކަމަށާއި ނަމަވެސް މިކަން ނިންމާނީ އެމެރިކާއިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *