ދިރާގުޕޭ އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް އިތުރު ކްރެޑިޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ވަކި އަދަދުތަކެއް ރީލޯޑް ކުރުމުން 6 ޕަސެންޓް އިތުރު ކްރެޑިޓް ލިބި މީގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފައިދާ ލިބިގެންދާނެކަން ދިރާގުން ފާހަގަކުރެ އެވެ.
ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތައް
100 ރުފިޔާގެ ރީލޯޑަކަށް އިތުރު 6 ރުފިޔާ
200 ރުފިޔާގެ ރީލޯޑަކަށް އިތުރު 12 ރުފިޔާ
500 ރުފިޔާގެ ރީލޯޑަކަށް އިތުރު 30 ރުފިޔާ
ދިރާގުން ބުނީ މި ހާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް، ދިރާގުޕޭ އެޕްގައިވާ "ފީޗާޑް" ޓެބްއަށް މެދުވެރިކޮށް "ދިރާގު ރީލޯޑް" އިހްތިޔާރުކުރުމަށްފަހު ޕްރިޕެއިޑް ފޯނު ނަންބަރު އަދި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖަހައިގެން ކުރިއަށް ދިއުމުން އިތުރު ކްރެޑިޓް ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ތިން މަސް ދުވަހުގެ މުއްދަތައް، ޖޫން 16، 2026 ގެ ނިޔަލަށެވެ.
ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.




