އަނބިމީހާ ދެކެ ރުޅި އައުމަކީ ގޯސް ކަމެއް!

ކޮންމެ މީހަކީ އެއްގޮތް މީހެއް ނޫނެވެ. ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް ކަންބޮޑުވެގެން ނުއުޅޭ މީހުންވެސް އުޅެއެވެ. އަނެއްބައަކު ވަރަށް ޢާދައިގެ ނުވަތަ ކުދިކުދި ކަންކަމަށްވެސް ކަންބޮޑުވެގެން އުޅެއެވެ.

މިކަން މިގޮތަށް ކުރިމަތިވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށްވެސް ކުރިމަތިވެއެވެ. ނަމަވެސް މިމައްސަލަ ގިނައިން ކުރިމަތިވާނީ އަންހެނުންނަށެވެ. އެހެންވެ ބައެއް ފަހަރު އެއީ އަނބިމީހާގެ ކިބައިގައި ހުރި ނުބައި ސިފައެއް ކަމަށްވެސް އެބަ ޤަބޫލުކުރެވެއެވެ.

މިމައްސަލައަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ މައްސަލައެކެވެ. މިމައްސަލަ ގިނަ އަންހެނުންނަށް ކުރިމަތިވަނީ އެމީހުން ކުޑައިރުންސުރެ ދިމާވަމުން އަންނަ ކަންތައްތަކުގެ ސަބަބުންނެވެ. އަދި ޒުވާން ޢުމުރަށް އެޅުމުން ކުރިމަތިވާ ކަންކަމުގެ ސަބަބުންނެވެ. ގިނަ ފހަރު އަމިއްލަ ގޭތެރެއިންނާއި އެކުވެރިންގެ ސަބަބުން ކުރިމަތިވާ ކަންކަމުގެ ސަބަބުންނެވެ.

ޢާންމު ގޮތެއްގައި ހިތްހަމަނުޖެހުމުގެ ތެރޭގައި އުޅެންޖެހުމުންނެވެ. ނުވަތަ އަބަދުވެސް ކުށްވެރިވާން ޖެހުމުންނެވެ. މިޘާލަކަށް ކުރާ އެއްވެސް ކަމަކަށް ތަޢްރީފްގެ ބަހެއް ނުލިބި ނަފްރަތުގެ ބަސްލިބޭތީއެވެ. އަދި ގިނަ ަބއެއްގެ ފަރާތުން ހިތާމަވެރި ގޮތްތައް މެދުވެރިވާތީއެވެ. އަދި މީނޫން ސަބަބެއްވެސް އޮވެދާނެއެވެ.

ވީމާ ބައިވެރިޠާގެ ކިބައިން މިބުނި ފަދަ ކަންކަން ފެންނަނަމަ އޭނާ ކުށްވެރިކުރަން އަވަސްވެނުގަންނާށެވެ! އޭނާގެ ޙާލަތު ދެނެގަންނަން މަސައްކަތްކުރާށެވެ! އެކަން ކުރެވޭނީ ރުޅި ނައިސް އަލައިލުމާއި ލޯބިދީގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *