ސިޔާސީ ފިކުރާ ގުޅިގެން ވަޒީފާގެ ޔަގީންކަން ގެއްލުމުގެ ސަގާފަތެއް އަނެއްކާ ވެސް ފެށިއްޖެ: ރައީސް ސޯލިހު

ސިޔާސީ ފިކުރާ ގުޅިގެން ވަޒީފާގެ ޔަގީންކަން ގެއްލުމުގެ ސަގާފަތެއް އަނެއްކާވެސް ފެށިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެފަދައިން ވިދާޅުވި އިރު އެމްޑީޕީގެ ހަރަކާތެއްގެ ތެރޭގައި އުޅުނު ވެމްކޯގެ އައްޑޫ ހިތަދޫ ބްރާންޗްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު އިއްޔެ ކުއްލިގޮތަކަށް ވަކިކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެއީ ހިތަދޫ ވެމްކޯ ބްރާންޗްގެ މެނޭޖަރ މޫސާ މުހައްމަދު އަދި ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު އަފްޒަލް އެވެ.

ރައީސް ސޯލިހު ރޭ އެކްސްގައި ވަނީ އެ ދެ މުވައްޒަފުން ވަކިކުރުން ކުށްވެރިކޮށް ޕޯސްޓެއް ކުރައްވައިފަ އެވެ.

"އަނެއްކާވެސް ފެށިގެންމިދަނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަޤީންކަން ގެއްލިގެން ދިއުމުގެ ސަގާފަތެއްގެ ފެށުން." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެހެންކަމުން އެކަން ހުއްޓާލުމަށް އެމަނިކުފާނު ސަރުކާރަށް ގޮވާލެއްވި އެވެ.

ސިޔާސީ މައްސަަލަތަކުގައި ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް ފެންމަތިވެފައި ވެއެވެ.

ވެމްކޯގެ ދެ މުވައްޒަފުން ވަކިކުރުމުން އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންވެސް ވަނީ ކުށްވެރިކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *