މަސްތުވެ, ވެއްޓުނު އަންހެން މީހާގެ ދިފާއުގައި އެމްޑީޕީން މުޒާހަރާ ކުރަން ނިންމައިފި

އިމާރާތެއްގެ މަތިން މަސްތުވެ ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަދިނުމަށް ޒުވާނުން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި ބައިވެރިވާން އެމްޑީޕީން މިރޭ ނިންމައިފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވަނީ ޒުވާނުންގެ މުޒާހަރާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ ޒުވާނުންނަށް އަނިޔާކޮށް، ބައެއް ޒުވާނުން ހައްޔަރުކުރަމުން ދާތީ ކަމަށް ބުނެ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ އެ މުޒާހަރާގެ ޒުވާނުން އެ މީހުންނަށް ބޭނުންވާ އާލަތާތްތައް ފޯރުކޮށްދިނުމަށާއި އެ މީހުންނަށް ބޭނުންވާ "މޯރަލް ސަޕޯޓް" ދިނުމަށް އެމްޑީޕީގައި އެދިފައިވާ ކަމަށެވެ. އެހެންވެ، އެ ޕާޓީން އެ ސަޕޯޓް ޒުވާނުންނަށް ދިނުމަށް ފަހަތަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *