ސިނަމާލެ ހިމެނޭ ސަރަހައްދުގައި 5960 ފްލެޓް އަޅާނަން: ރައީސް

ސިނަމާލެ ފުލެޓުތައް ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ޖުމްލަ 5960 ފުލެޓު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ސިނަމާލެ އާއި މާލެ ހިޔާގެ މިހާރު ހުރި ފުލެޓުތައް ތަޅާލުމަށްފަހު ހަދަން ނިންމާފައިވަނީ 1360 ފުލެޓު ކަމަށެވެ.

އަދި އޭގެއިތުރަށްވެސް މާލެ ސަރަހައްދުގައި 4600 ފުލެޓު އަޅުއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ބިން ހިއްކުމުން އޭގެ ބަދަލެއްގެ ގޮތުގައި ބޭރުގެ ކުންފުނިތަކަށް ދިން ހުރިހާ ބިމެއް މިހާރު އަތުލާފައިވާކަން ރައީސް މިއަދު ފާހަގަ ކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *