އިމްރާން ބެންކޮކަށް ހިޖްރަކޮށް، އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވާލުން ހުތުރު: މުހްތާޒް

މި ވެރިކަމުން މިހާރު މިންޖުވާން ޖެހިފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވުމަކީ ހުތުރުކަމެއް ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް ހުސެއިން ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު އެކްސްގައި ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް ކަމަށެވެ. އެހެންކަމުން އެކަމުން ދިވެހިން މިންޖުވާން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި މުހުތާޒް ފޭސްބުކުގައި ވިދާޅުވީ އިމްރާނަކީ އިސްލާމީ ގައުމަކުން މުންކަރާތުގެ ބިމަކަށް ހިޖުރަކޮށްގެން އުޅުއްވާ ބޭފުޅެއް ކަމަށެވެ. އިމްރާން މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ތައިލެންޑްގަ އެވެ.

”ދޮގާއި މަކަރުވެރިކަމުގެ ތާރީހެއް އޮތް ބޭފުޅަކު އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވާލުމަކީ ހުތުރު ވެގެންވާ ލަދުވެތި އަމަަލަކަށް ނޫނީ ނުވެ އެވެ.“ މުހުތާޒް އިމްރާނަށް ރައްދުދެއްވައި ވިދާޅުވި އެވެ.

އިމްރާން ތައިލެންޑަށް ދިރިއުޅުން ބަދަލުކުރެއްވި ފަހުން އަދާލަތު ޕާޓީގެ ސިޔާސީ ހަރަކާތްތައް އޮތީ މަޑުޖެހިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *