މުސާރައިގެ އެއްހަމަކަން މިއަދު ރާއްޖެއަށް ނުހަނު ބޭނުންތެރި ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މަސައްކަތްތެރިންނަށް ގާނޫނުއަސާސީއާއި ގަނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ހައްގުތަކުގެ ކަށަވަރުކަމާ، އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ އަސާސީ ހައްގުތައް ޔަގީންކުރެވެންޖެހޭ ކަމަށެވެ. އަދި މުސާރައިގެ އެއްހަމަކަމަކީ އެއީ ރާއްޖެއަށް މިއަދު ނުހަނު ބޭނުންތެރިކަމެއް ކަމަށް ވިދާޅުވިއެވެ.
"ޕޭހާމަނައިޒްވެ ކޮންމެ މަސައްކަތްތެރިއެއްގެ ވެސް މަސައްކަތާ، ތަޢުލީމާ ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް." ޝާހިދު ވިދާޅިވިއެވެ.
ޝާހިދު ވިދާޅުވީ އުޖޫރާއިގެ ހަމަހަމަކަމާ މިނިވަންކަމަށް ގޮވާލަމުން ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ހީވާގި މަސައްކަތްތެރިންނަށް ފޮނުވާ ކަމަށެވެ.
ކޮންމެ އަހަރެއް ވެސް މެއި މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައެވެ.




