ޒުވާނުން ކުރަމުންދިޔަ ބޭއަދަބީ މުޒާހަރާ ހުއްޓުވުމުން ރައްޔިތުންގެ ތައުރީފް ފުލުހުންނަށް އޮއްސާލައިފި

އައުގުރާނަ ގޮވައި ނާޗަރަންގީ ކުޅެ ޒުވާނުން ކުރަމުންދިޔަ މުޒާހަރާ ރޫޅާލުމުން ރައްޔިތުންގެ ތައުރީފް ފުލުހުންނަށް އޮއްސާލައިފި އެވެ.

ޒުވާނުންގެ މަދު ބަޔަކު ކުރަމުންދިޔަ މުޒާހަރާ ހުއްޓުވި ސަބަބު ހާމަކޮށް ފުލުހުން ސޯސިއަލް މީޑިޔާގައި އާއްމުކުރި ބަޔާނަށް ހަމައެކަނި ފޭސްބުކުން ވެސް ރައްޔިތުން މިހާތަނަށް ވަނީ 1500 އަށްވުރެ ގިނަ ރިއެކްސަނާއި 350 އަށްވުރެ ގިނަ ކޮމެންޓާއި 300 އަށްވުރެ ގިނަ ސެއަރ ވަނީ ލިބިފަ އެވެ.

ފުލުހުންގެ ޕޯސްޓަށް ރައްޔިތުން ހިތުންނާއި ބޮޑު ވައި އިނގިލިން ތައުރީފްކޮށްފައިވާއިރު ކޮމެންޓްތަކުން ވެސް ވަނީ ރައްޔިތޔުންގެ އުދާސްތައް ހާމަ ކޮށްފަ އެވެ.

ރޯ އައުގުރާނަ ގޮވުމާއި ނާޗަރަންގީ ކުޅުމާއި މިއުޒިކާއިއެކު ޕާޓީ ކުރުން ކުރިއަށް ގެންދިޔަ މި އިހްތިޖާޖް ފުލުހުން ހުއްޓުވާފައި ވަނީ ފަސޭހަ ކަމާއިއެކުގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *