މިހާތަނަށް ބޭންކުތަކަށް 214 މިލިއަން ޑޮލަރު މާރުކޮށްފި : ރައީސްް

ޑޮލަރުން ލިބުން ދަތިކަން ހައްލުކުރުމަށް އެޅި ފިޔަވަޅުގެ ތެރެއިން މިދިޔަ ޖެނުއަރީ ފެށިގެން މިހާތަނަށް 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާގެ ގާނޫނެއް އެކުލަވާ އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރު ޖެނުއަރީ މަހުން ފެށިގެންނެވެ.

 

މި ގާނޫނުގެ ދަށުން ކުރަން ޖެހޭކަންކަން

ރިސޯޓުތަކަށް ލިބޭ އާމްދަނީން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރަން ޖެހޭ

ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަކުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

ދުވަސްތަކަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރު މާރުކުރަން ގާނޫނަށް ގެނައި ބަދަލުގެ ނަތީޖާ ފެންނަމުން އަންނަކަމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށެވެ. އަދި މިކަމަށް ތަރުހީބު ލިބެމުން އަންނަކަމަށާއި މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން އަންނަކަމަށެވެ.

ޑޮލަރު ބޭންކަށް މާރުކުރުމުން އޭގެ ނަތީޖާއަކަށް ވަނީ ކުރިން އެމަނިކުފާނު އިއުލާނުކުރައްވާފައިވާ ގޮތަށް ބޭރަށް ފުރާ ދިވެހިންނަށް އެއާޕޯޓުން ވިއްކާ ޑޮލަރު 500 އިން 1،000އަށް އިތުރު ކުރެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ކްރެޑިޓް ކާޑުގެ ލިމިޓު ދެ ގުނަ ބޮޑުކޮށް، ޓީޓީ ހެދުމުގެ ކަންތައްތަކަށްވެސް އިތުރު ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަން ކަނޑައެޅި ތާރީހަށް ވެގެންދާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު އެސްޑީއެފްގައި ހުރި އަދަދުވެސް އެތައް ތަނަކުން އިތުރުކުރެވިފައިވާކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަންކަމަށާއި މިހާރު އެސްޑީއެފްގައި 121 މިލިއަން ޑޮލަރު އެބަހުރިކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *