އެދެނީ ދިވެހި ކޮންމެ ޢާއިލާ އަކަށްވެސް ފަހިކަމާއި ފާގަތިކަން: ރައީސް ޑރ. މުޢިއްޒު

ދިވެހި ކޮންމެ ޢާއިލާއަކަށްވެސް ފަހިކަމާއި ފާގަތިކަން ލިބިގެން ދިޔުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ޢާއިލާ ތަކުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށެވެ.

އަދި ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެ ކަމަށެވެ.

މިއާއެކު އެމަނިކުފާނު ވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް الله ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އާޢިލާތަކުގެ ދުވަހުގެ ގޮތުގައެވެ.

އާއިލާތަކުގެ ގުޅުން ވަރުގަދަކޮށް، ބާރުވެރިކުރުވުމަށް މި ސަރުކާރުން ވަނީ ކޮންމެ ކުއްޖަކަށްވެސް ޢާއިލާއެއް ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ. މިއީ، ފިޔަވަތީގައި ތިބި ކުދިންނަށް ޢާއިލާއެއްގެ ލޯތްބާއި އަޅާލުން ހޯދައި ދިނުމަށް ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *