ކުޅިވަރު ގާނޫނަށް ގެނައި އިސްލާހް ރައީސް ތަސްދީގް ކުރައްވައިފި

ރާއްޖޭގެ ކުޅިވަރު ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް މިއަދު ކުޅިވަރު ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ. އިވެންޓްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން އެސޯސިއޭޝަންތަކުގެ ފަރާތުން އިސް ބޭފުޅުންނާއި އެތުލީޓުންވެސް ބައިވެރިވެފަައިވެއެވެ.

 

ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު ކުޅިވަރުގެ ސްޓްރަކްޗާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް މިއަދު ވިދާޅުވެފައިވެފައިވެއެވެ. އެގޮތުން ރައީސް ވިދާޅުވީ އާ ގާނޫނާއެކު ރާއްޖޭގެ ކުޅިވަރަށް މުހިއްމު ކުރިއެރުންތަކެއް ގެންނަން މަގުފަހިވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ގާނޫނަށް ގެނެވުނު އިސްލާހަކީ ކުޅިވަރުގެ ދާއިރާގެ ގިނަ ބަޔަކު އެދެމުން އައި އިސްލާހެއް ކަމަށެވެ. އިސްލާހުގެ ސަބަބުން ކުޅިވަރު ލާމަރުކަޒީ ކުރެވިގެންދާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ޓީމުތަކަށް ހުނަރު ހޯދުމަށް އަތޮޅު ތެރޭގެ ބޭނުން ކުރެވޭނެ ނިޒާމެއް ގާނޫނުން ލާޒިމުކުރާނެ ކަމަށެވެ.

ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު ކުޅިވަރުގެ މައިގަނޑު ބޮޑެތި ކަންތައްތަކެއް ބަދަލުވެގެން ގޮސްފައިވާ އިރު، ކުޅިވަރު ފަންޑްވެސް އުފައްދަން ޖެހޭނެއެވެ. އޭގެ އިތުރުންވެސް ކުޅިވަރު އާބިޓްރޭޝަނަށް ބޮޑު ބަދަލެއް ގެންނަން ވެސް މި ބިލްގައި ހިމަނާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *