ދޮޅު އަހަރަށްފަހު ފެށި ފުޓްބޯޅަ ސީޒަންގެ ޗެރިޓީ ޝީލްޑް މާޒިޔާއަށް

ދޮޅު އަހަރެއްހާ ދުވަހަށްފަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ރޭ ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް، މާޒިޔާ ސްޕޯޓްސް ކްްލަބުން ކާމިޔާބުކޮށްފި އެވެ.

ވާދަވެރި އީގަލްސްއާ ދެކޮޅަށް ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މިއީ މާޒިޔާއިން މި ޝީލްޑް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗަކީ ފުރަތަމަ ޑިވިޝަންގެ މުބާރާތްތައް ދޮޅު އަހަރަށްފަހު އަލުން ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗެވެ. ސީޒަންގެ ފެށުން ދައްކުވައިދޭ މި މުބާރާތް ކާމިޔާބުކޮށް، މާޒިޔާއިން ވަނީ ކުރިއަށް އޮތް ސީޒަނަށް ވަރުގަދަ އަޒުމެއް ކަނޑައަޅާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މާޒިޔާއަށް ލީޑު ނަގައިދިނީ މެޗުގެ 62 ވަނަ މިނެޓުގައި އަހްމަދު އައިހަމް އެވެ. އައިހަމް ޖެހި މި ލަނޑާއެކު މެޗަށް އިތުރު ފޯރިއެއް އައެވެ. އޭގެ ފަހުން މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް 85 ވަނަ މިނެޓުގައި ނާއިޒު ހަސަން (ދާދު) ވަނީ މާޒިޔާއަށް ދެވަނަ ލަނޑު ޖަހައިދީ، ޓީމު މޮޅު ކޮށްދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *