އިންޑިޔާއިން މެސީ ހައްޔަރު ނުކޮށް، މެސީ ކައިރީ ހުރި މީހާ ހައްޔަރު ކޮށްފި

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީއަށް އިންޑިއާގައި ހާއްސަ އިވެންޓު ބޭއްވި ފަރާތް ހައްޔަރުކޮށްފިއެވެ.

އިންޑިއާގައި ދިރިއުޅޭ މެސީގެ ފޭނުންނަށް ހާއްސަކޮށް އެގައުމުގެ ކޮލްކަޓާގައި ބޭއްވި ބޮޑު އިވެންޓުން ހައްޔަރުކޮށްފައިވަނީ އެ އިވެންޓު ކުރިއަށްދިޔަ ވަގުތު ހިނގައިދިޔަ ކަންކަމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެސީގެ ފޭނުންނަށް ވެސްޓް ބެންގަލްގައި ބޭއްވި ހާއްސަ އިވެންޓަށް މެސީ ބައިވެރިވެފައިވީ ނަމަވެސް އެތަނުގައި ގިނަ ވަގުތު ހޭދަނުކޮށް މެސީ ވަނީ އެތަން ދޫކޮށް ގޮސްފައެވެ. އެއާއެކު އަގުބޮޑުކޮށް ޓިކެޓު ގަނެފައިވާ މީހުން ރުޅިގަދަވެ ސްޓޭޑިއަމްއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެގޮތުން ގޮނޑިތައް އުކައި ސްޓޭޑިއަމްގައި ހުރި ބެނާތައް ހަލާކުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ވެސްޓް ބެންގަލްގެ ޗީފް މިނިސްޓަރު މަމްތާ ބަނާޖީ ވަނީ އެ އިވެންޓު ބޭއްވި ސްޓޭޑިއަމްގައި ހިނގައިދިޔަ ހާދިސާތަކުގެ ސަބަބުން އެކަމަށް މައާފަށް އެދިފައެވެ. އެގޮތުން މެސީއާ ބައްދަލުވުމަށް ސްޓޭޑިއަމަށް ވަނުމަށް އަގުބޮޑުކޮށް ޓިކެޓު ގަނެ ކުރި މަސައްކަތް ނާކާބުވުމުން އެކަމުގައި ހިތާމަ ފާޅުކުރާކަމަށް މަމްތާ ވަނީ ފާހަގަކުރައްވައިފައެވެ.

ވެސްޓް ބެންގަލްގެ ސަރުކާރުން ވަނީ އެ ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައި، ކަން ހިނގައިދިޔަ ގޮތް ބެލުމުގެ މަސައްކަތް ފަށައިފައެވެ.

ހާދިސާ ހިނގުމަށްފަހު އިވެންޓު އޯގަނައިޒް ކުރި ސަޓަޑްރޫ ޑުއްޓާ އިނީޝިއޭޓިވްގެ ވެރިޔާ ރަޖީވް ކުމާރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސްޓޭޑިއަމްއަށް ވަން މީހުން ތިބީ ރުޅިއައިސްފައިކަން ފާހަގަކޮށްފައެވެ.

އޭނާ ބުނީ އިވެންޓު ރޭވިގެން ދިޔަގޮތުގެ ސަބަބުން ދިމާވި ކަންކަމުގެ ސަބަބުން ޓިކެޓު ގަނެފައިވާ މީހުންނަށް ރިފަންޑު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *