ހުޅުމާލޭ ސްވިމިންޕޫލްގަ ކުރިޔައްދިޔަ 49 ވަނަ ގައުމީ ސްވިމިން މުބާރާތުގެ ސީނިއާ ގުރޫޕްގެ އަންހެން ޗެންޕިއަންކަން އަޔާނާ އަރީފު ހޯދިއިރު ފިރިހެން ޗެންޕިއަންކަން އާން ހުސެން ހޯދައިފި އެވެ.
އަޔާނާ ވަނީ މިއަހަރުގެ ނޭޟަނަލް އޯޕެންވޯޓާ އާއި ދިރާގު މާލޭއޯޕަން ޗެންޕިއަންކަން އަދި އިންޓަ ސްކޫލްގެ ސީނިއާ ގުރޫޕް އަންހެން ޗެންޕިއަންކަންވެސް ހޯދާފަ އެވެ.
އާންއަކީ އެންމެފަހުން ޕެރިސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި ފިރިހެން ފެތުންތެރިޔާ އެވެ.
މިމުބާރާތުގެ ސީނިއާ ގުރޫޕްގެ އަންހެން ދެވަނަ ހޯދާފަ ވަނީ ޒައިނަބު އަބުދްالله ޟަފީގު އެވެ. އަދި ސީނިއާ ގުރޫޕްގެ ތިންވަނަ އަންހެން ފެތުންތެރިއަކީ އަންޖަލް ފަޔާޒު އެވެ.
ސީނިއާ ގުރޫޕްގެ ފިރިހެން ދެވަނަ މުހައްމަދު ރިހާން ޟިހާމް ހޯދިއިރު ތިންވަނަ ހޯދާފަ ވަނީ އިބުރާހިމް މާދު ސާޱިދު އެވެ
މި މުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 22 އިން އިއްޔެގެ ނިޔަލަށެވެ.




