ރައީސްގެ ދަރިކަލުން އުމައިރަށް، އެންމެ ޒުވާން މޮޅު ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ 2024 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ލިބިއްޖެއެވެ.

އުމައިރު ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީ އަށެވެ. މި ކެޓަގަރީއަށް އޭނާ ނޮމިނޭޓްކޮށްފައިވަނީ ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގައެވެ. އުމައިރު ނޮމިނޭޓްކުރީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުންނެވެ.

މި ކެޓަގަރީން ތިންވަނަ ހޯދާ ބްރޯންޒް އެވޯޑު ހޯދީ ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއެވެ. ރައީސް މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެން މި ހަފްލާގައި އުމައިރާ އެވެޑޑު ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުއެވެ.

މިއީ ސްޕޯޓްސް އެވޯޑްސްގެ އެވޯޑެއް ރައީސެއްގެ ދަރިކަލަކު ހޯދި ފުރަތަމަ ފަހަރެވެ.

2024 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ ކެޓަގަރީން ގޯލްޑް އެވޯޑު ކާމިޔާބުކުރީ ފެތުންތެރިޔާ މުހައްމަދު ރިހާން ޝަހީމްއެވެ. ދެވަނައަށް ދޭ ސިލްވާ އެވޯޑު ކާމިޔާބުކުރީ ޒީކް ހަސަން ލަތީފެވެ. އޭނާއަކީ ޓޭބަލް ޓެނިސް ކުޅުންތެރިއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *