އުރުދުންގައި ހުރި އެމެރިކާގެ ދެ މަރުކަޒަކަށް އީރާނުން ހަމަލާ ދީފި

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ ދެ މަރުކަޒަކަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

މި ހަމަލާތައް ދިނީ އީރާނުގެ ދެކުނުގެ ލަރަކް އައިލެންޑަށް އާދިއްތަ ދުވަހު އެމެރިކާ އިން ދިން ހަމަލާތަކާ ގުޅިގެން ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނި ގޮތުގައި މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހިންގި މި އޮޕަރޭޝަންގެ ހަމަލާތައް އުރުދުންގެ ކިންގް ހުސެއިން އާއި އަލް އަޒްރާގުގެ މަރުކަޒުތަކަށް އަރާފައިވެ އެވެ.

އައިއާރުޖީސީން ބުނީ ހަމަލާތަކުގެ ސަބަބުން "ޓެކްނިކަލް އަދި މަރާމާތު ކުރުމުގެ އިންފްރާސްޓްރަކްޗާގެ އިތުރުން ދުޝްމަނުންގެ ފަޔާ ޑިޕްލޮއިމަންޓް ސައިޓްތައް ވެސް ހަލާކުވެފައިވާ" ކަމަށެވެ.

މި ހަަމަލާތަކުގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނުލިބެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *