އައިފޯން އާއިލާގެ 17 ވަނަ ޖީލު އަންނަ ސެޕްޓެމްބަރުގައި ތައާރަފްކުރާނެ އެވެ. މި އާއިލާއަށް މުޅިން އަލަށް ތައާރަފުކުރާ، "އައިފޯން 17 އެއާ" ވެސް ސެޕްޓެމްބަރުގައި އާންމު ވިޔަފާރިއަށް ނެރޭނެ އެވެ.
އެޕަލުން އައިފޯން 17 އެއާ އަމާޒުކުރަނީ ވާދަވެރި، އުފެއްދުންތެރި އަދި ޒަމާނީ ޖީލަކަށެވެ. މިއީ ވާދަވެރިންނަށް ގޮންޖަހާލުމަށް އެޕަލުން ދައްކާލާ އުފެއްދުމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އައިފޯން 17 ގެ އާއިލާގައި ހިމެނެނީ އައިފޯން 17، އައިފޯން 17 އެއާ، އައިފޯން 17 ޕްރޮ އަދި އައިފޯން 17 ޕްރޮ މެކްސް އެވެ.
އައިފޯން 17 ފޯނުތަކުގެ ތެރޭގައި އައިފޯން 17 ޕްލަސް ނުހިމެނޭ ކަމަށް ޚަބަރުތައް ބުނެ އެވެ. ސަބަބެއް ކަމަށް ވަނީ އެއްވެސް ޖީލެއްގެ މި ފޯނަކީ އެކަށީގެންވާ ވަރަށް ވިކިފައި ނުވާ ފޯނަކަށް ވުމެެވެ.
އައިފޯން 17 ގެ ފޯނުތައް، މީގެ ކުރީ އަހަރުތަކުގައި ނެރުނު އައިފޯންތަކާ މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށް ބުނެވެ އެވެ. ނަމަވެސް، އައިފޯން 17 އެއާގެ ޑިޒައިން އަދި ސޮފްޓްވެއާ އިންޓަފޭސްގައި ވެސް ބޮޑެތި ތަފާތުގަކެއް ހުންނާނެ ކަމަށް ބުނެވެ އެެވެ.
އައިފޯން 17 އެއާ އަކީ އާދަޔާ ޚިލަށް ތުނި އަދި މުށުތެރޭގައި ގެންގުޅެން ފަސޭހަ ފޯނަކަށް ވާނެ ކަމަށް ބުނެވެ އެވެ. މި ފަސޭހަކަން ގެނައުމަށްޓަކައި، ބެޓެރީގެ ސައިޒު ވަނީ ކުޑަކޮށްފަ އެވެ. މާނަ އަކީ މި މަރުކާގެ އެހެން ފޯނުތަކަށް ވުރެ އަވަހަށް އައިފޯން 17 އެއާ ޗާޖުލުރަން ޖެހޭނެ ކަމެވެ.
އައިފޯން 17 އެއާގެ ސްކްރީން ސައިޒަކީ 6.6 އިންޗި އެވެ. މިއީ 120 މެގަހާޓްޒް، ޕްރޯމޯޝަން ޑިސްޕްލޭ އެކެވެ. މި ފޯނަށް ފެއްތުމަށްޓަކައި އޭ19 ޗިޕަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޗާޖުކުރަނީ ޓައިޕްސީ ޕޯޓަކުންނެވެ.




